Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

ރަޖްނީކާންތުގެ ފިލްމުގައި ޝާހްރުކަކީ ފުލުހެއް

ރަޖްނީކާންތުގެ ފިލްމު 'ޖެއިލާ 2' ގައި ޝާހްރުކް ޚާން ފެންނާނީ ފުލުހެއްގެ ރޯލުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނަ އެ ފިލްމުގައި ފެންނާނީ އެކްސްޓެންޑެޑް ކެމިއޯއަކުންނެވެ. އެކަމަކު އެއީ ފިލްމުގެ ވާހަކައިގެ ވަރަށް މުހިއްމު ކެރެކްޓާއެއް ކަމަށާއި ޝާހްރުކްގެ ފުލުސް ކެރެކްޓާ އަކީ ވަރުގަދަ ރޯލެއް ކަމަށް ވެސް ބުންޏެވެ.

ނެލްސަން ލިޔެ، ޑައިރެކްޓްކުރާ 'ޖެއިލާ 2' ގެ ޝޫޓިން މި މަހުގެ ތެރޭގައި ނިންމައިލަން އަމާޒު ހިފާފައިވާ އިރު، ބާކީ ދެން އޮންނާނީ ޝާހްރުކް ޝޫޓް ކުރަން ޖެހޭ މަންޒުތައް އެކަނި ކަމަށް ޕިންކްވިލާ އިން ބުންޏެވެ.

އޭނަގެ މަންޒަރުތައް ޝޫޓް ކުރަން ނަގާނީ 7-8 ވަރަކަށް ދުވަސް ކަމަށާއި އެ މަންޒަރުތައް ލަސްތަކެއް ނުވެ ޝޫޓް ކުރާނެ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

'ޖެއިލާ 2' އަކީ 2023 ގައި ގެނެސްދިން ތަމަޅަ އެކްޝަން ކޮމެޑީ 'ޖެއިލާ' ގެ ސީކްއެލް އެވެ. އާ ފިލްމުގައި ރަޖްނީކާންތާ އެކު ފެންނާނެ ތަރިންގެ ތެރޭގައި ވިދިއާ ބަލަން، މިތުން ޗަކްރަބަތީ، ރާމިއާ ކްރިޝްނަން، ޔޯގީ ބާބޫ، އައްނާ ރަޖަން އަދި ޖަތިން ސަރްނާ ހިމެނެ އެވެ. ޖެއިލާ 2 ގެ ހާއްސަ ފެނިލުންތަކުން ފެންނާނެ މަޝްހޫރު ތަރިންގެ ތެރޭގައި ޝާހްރުކްގެ އިތުރުން މޯހަންލާލް، ޝިވާ ރާޖްކުމާރު އަދި ވިޖޭ ސެތުޕަތީ ހިމެނެ އެވެ.

މި ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މި އަހަރުގެ ޑިސެމްބަރު 24 ގައި ގައި ޝާހްރުކްގެ 'ކިންގް' ސިނަމާތަކަށް އަންނާނެ އެވެ. އޭނަގެ ފިލްމުތަކެއް އެންމެ ފަހުން ރިލީޒްވީ 2023 ގަ އެވެ. އެ އަހަރު ޝާހްރުކްގެ ތިން ފިލްމެއް ރިލީޒްވި އެވެ. އެއީ 'ޕަތާން' އާއި 'ޖަވާން' ގެ އިތުރުން 'ޑަންކީ' އެވެ.