Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ހުޅުދުއްފާރު ވޭސްޓް ސެންޓަރުގެ ބިންގާ އަޅައިފި

ރ. ހުޅުދުއްފާރުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސެންޓަރުގެ ބިންގާ އަޅުއްވައި ދެއްވީ ލޯކަލް މިނިސްޓަރު އާދަމް ޝަރީފެވެ.

ހުޅުދުއްފާރުގައި ހަދާ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހެދުމުގެ މަޝްރޫއުގެ ދަށުން ނުރައްކާތެރި ކުނި ރައްކާކުރާ ސަރަހައްދު ރިނޮވޭޓް ކުރުމާ އެކު އޮފީސް އިމާރާތެއް އަޅާނެ އެވެ.

ޖުމްލަ 90 ދުވަހުގެ ތެރޭގައި މި މަޝްރޫއުގެ އަގަކީ 1.76 މިލިއަން ރުފިޔާ އެވެ.

ހުޅުދުއްފާރުގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ގާއިމުވެގެން ދިއުމުން އެ ރަށުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި މެނޭޖްކޮށް، ރަށުގެ ސާފު ތާހިރުކަން އިތުރުވެގެން ދާނެ އެވެ. ހުޅުދުއްފާރަކީ 1،640 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.