Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

މިފްކޯގެ މަސައްކަތްތަކަށް ޖަޕާންގެ ބައިވެރިވުން ހޯދަނީ

މިފްކޯގެ އުފެއްދުންތަކަށް ވެލިއު އެޑް ކުރުމުގަޔާއި، މެރިކަލްޗާގެ ސިނާޢަތެއް ޤާއިމުކުރުމުގައި އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގައި، ޖަޕާނު ކުންފުނިތަކުގެ ބައިވެރިވުން ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

ސަރުކާރުގެ މަސް ކުންފުނިުން ބުނީ އެ މަޝްވަރާ ކުރިއަށް ގެންދިޔައީ ޖަޕާނު އެމްބަސީގެ ބައިވެރިވުމާ އެކީގައި ކަމަށެވެ. އެ މަޝްވަރާ ކުރެވުނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯ އަށް މިފްކޯގެ އިސް ޓީމަކުން މިހާރު ކުރަމުން އަންނަ ޒިޔާރަތުގައި ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ކުރި ޒިޔާރަތުގަ އެވެ.

އެ މަޝްވަރާގައި، ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ ހިންގުމާ ޙަވާލުވެޑައިގެން ހުންނެވި ޑެޕިޔުޓީ އެމްބެސެޑަރު އަޙްމަދު ޢާދިލާއި، އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޙައްވާ ސަމްޙާ ބައިވެރިވެވަޑައިގަތެވެ. އަދި މިފްކޯގެ މަސައްކަތުގައި އެމްބަސީގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެމްބަސީން ދީފައިވެ އެވެ.