Last Updated: June 5, 11:07
Friday, June 5, 2026
ދުނިޔެ

ޔޫކޭގެ ޕައުންޑް ނޫޓަށް ބޮޑު ބަދަލެއް ގެންނަނީ

އިނގިރޭސިވިލާތުގެ ޕައުންޑް ނޫޓްތަކަށް މުހިއްމު ބޮޑު ބަދަލެއް ގެންނަން ނިންމައިފި އެވެ.

އެ ގައުމުގެ މަރުކަޒީ ބޭންކް، ބޭންކް އޮފް އިންގްލޭންޑް (ބީއޯއީ) އިން ބުނީ އަލަށް ނެރެން ނިންމާފައިވާ ނޫޓް ސީރީޒްގައި ތާރީހީ ޝަހުސިއްޔަތުންގެ ތަސްވީރުގެ ބަދަލުގައި ގުދުރަތީ ދިރުންތަކުގެ ތަސްވީރު ހިމަނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ނޫޓްތަކުގައި ހިމަނާނީ އެ ގައުމަށް ހާއްސަ ދިރުންތަކުގެ ތަސްވީރުތައް ކަމަށާއި މިއީ ގުދުރަތީ ދިރުންތަކުން އިނގިރޭސިވިލާތަށް ލިބިފައިވާ މުއްސަނދިކަން ހާމަކޮށް ދޭނެ ވަރަށް މުހިއްމު ފިޔަވަޅަކަށް ވާނެ ކަމަށް ބީއީއޯ އިން ބުންޏެވެ.

އެތަނުގެ ޗީފް ކޭޝިއަރު ވިކްޓޯރިއާ ކްލެލަންޑް ވިދާޅުވީ އިނގިރޭސިވިލާތަކީ އެ މުއްސަނދިކަން ފައިސާ ނޫޓްތަކުން ދައްކުވައި ދިނުމަކީ އެ އެއްޗެހީގެ މުހިއްމުކަން ދައްކުވައި ދޭނެ ކަމެއް ކަމަށެވެ.

އިނގިރޭސިވިލާތުގެ ފައިސާގެ ނޫޓްކުގައި 1960 ގެ ފަހުން ހިމަނަމުން އަންނަނީ ރަސްކަމަށް ނިސްބަތްވާ ބޭފުޅުންނެވެ. ޝޭކްސްޕިއާ އަކީ 1970 ގައި އެންމެ ފުރަތަމަ ތާރީހީ ޝަހުސިއްޔަތެއްގެ ގޮތުގައި ނޫޓްގައި ހިމެނި ޝަހުސިއްޔަތެވެ.

ބީއޯއީ އިން ބުނީ އާ ނޫޓް ސީރީޒްގައި ގުދުރަތީ ދިރުންތަކު ތަސްވީރު ހިމެނިޔަސް މިހާރުގެ ރަސްގެފާނު ޗާލްސްގެ ތަސްވީރު ވެސް ނޫޓްތަކުގައި ހިމެނޭނެ ކަމަށެވެ. ޗާލްސްގެ ތަސްވީރު ހިމަނައިގެން އަލަށް ނޫޓް ސީރީޒް ނެރެފައި ވަނީ 2024 ގެ ޖޫން މަހުގެ ތެރޭގަ އެވެ.

ބީއޯއީ އިން ބުނީ ނޫޓްތަކުގައި ގުދުރަތީ ދިރުންތަކުގެ ތަސްވީރު ހިމަނަން ނިންމީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެކަމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ވެސް ހޯދުމަށް ފަހު ކަމަށެވެ. އެގޮތުން 60 ޕަސެންޓް މީހުން އެކަމަށް ތާއީދުކޮށްފައިވެ އެވެ. އެހެންވެ އެތަނުން މިހާރު ތައްޔާރުވަމުން އަންނަނީ އާ ނޫޓް ސީރީޒްގައި ހިމަނާނީ ސީދާ ކޮންކޮން ދިރުންތަކެއްތޯ ބެލުމަށް އާންމުންގެ ހިޔާލަކަށް ހުޅުވައިލުމަށެވެ.