Last Updated: July 14, 13:49
Tuesday, July 14, 2026
ޚަބަރު

ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފި އެވެ.

އެ ކޮމިޝަންގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ފައިނަލް ލިސްޓުން ފެންނަ ގޮތުގައި އަންނަ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ އެ އިންތިހާބުތަކުގައި ވޯޓުލުމުހެ ހައްގު 294،937 މީހުންނަށް ލިބިގެންވެ އެވެ. އެއީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.

ވޯޓުލާން ދާންޖެހޭ ތަން (VR (Space) ID number to 1414) އަށް އެސްއެމްއެސްކޮށްގެން ޗެކް ކުރެވޭނެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި 1،592 ކެންޑިޑޭޓުން ވާދަކުރާ އިރު، އަންހެނުންގެ ކޮމިޓީތަކަށް 1،368 ކެންޑިޑޭޓުން ވާދަކުރެއެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކީގައި ބާއްވަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ވެސް ނަގާނީ ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީ އިންތިހާބާ އެއް ދުވަހެއްގަ އެވެ.

އެއީ އަންނަ މަހުގެ 4 ގަ އެވެ.

ހިޔާލު ހޯދުމުގެ ވޯޓު ގުނަން ފަށާނީ، ވޯޓު ނަގައި ނިމޭތާ 30 މިނެޓުގެ ހުސް ވަގުތުކޮޅަކަށް ފަހުއެވެ. އަދި އެ ވޯޓުގެ ރަސްމީ ނަތީޖާ އިއުލާން ކުރާނީ އަންނަ މަހުގެ 11 ގަ އެވެ.