ކޮންސްޓްރަކްޝަން މިނިސްޓްރީން އަށް މާކެޓިން އޮފިސަރަކު ހޯދަން އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ އެ މަގާމަކީ އެ މިނިސްޓްރީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުން އަންނަ އުމްރާނީ މަޝްރޫޢުތަކުގެ މަސައްކަތްތައް ވިލަރެސް ކުރެވެމުންދާ ގޮތް ފުރިހަމަކަމާ އެކު އާންމުންނަށް ފޯރުކޮށް ދިނުމަށްޓަކައި އިއުލާންކުރި މަގާމެއް ކަމަށެވެ.
މާކެޓިން އޮފިސަރުގެ މަގާމުގެ މުއްދަކީ ދެ އަހަރެވެ. އެ މަގާމުގެ މަހު މުސާރަ އަކީ 12،345ރ. އެވެ. އަދި މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 75ރ. ވެސް ލިބޭނެ އެވެ. މާކެޓިން އޮފިސަރުގެ އަސާސީ ޝަރުތަކީ އެ ދާއިރާ އިން ޑިޕްލޮމާއެއް އޮތުމެވެ.
ޝައުގުވެރިވާ މީހުން މި މަހުގެ 17 ގެ މެންދުރު 12:00 ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ހުށަހަޅަން ޖެހެ އެވެ.