Last Updated: June 5, 11:07
Friday, June 5, 2026
ރިޕޯޓް

ރޯދަ ރަހަ: ޗިކެން ޗީޒް ފިންގާ

* ބޭނުންވާ ތަކެތި:

1/2 ކިލޯ ބޯންލެސް ޗިކެން
1 ގިތެޔޮ މިރުސް
1 ސައިސަމުސާ ލޮނު
1 ސައިސަމުސާ އަސޭމިރުސް
1 ސައިސަމުސާ ގާލިކް ޕައުޑާ
1 ސައިސަމުސާ ޖިންޖާ ޕައުޑާ
1 ސައިސަމުސާ ތެޅި މިރުސް
1 މޭޒުމަތީ ސަމުސާ ސޯއީ ސޯސް
2-3 މޭޒުމަތީ ސަމުސާ ފާރޮށި ކުނޑި
10 މޮޒޮރެއްލާ ޗީޒް ސްޓިކް
1 މޭޒުމަތީ ސަމުސާ ބަޓާ
2 ބިސް
ފުށް
ޕްލޭން ކޯން ފްލޭކްސް (މުގުރާފައި)
ތެޔޮ

* ތައްޔާރު ކުރާނެ ގޮތް:

ކުކުޅާއި، ގިތެޔޮ މިރުހާއި، ލޮނާއި، އަސޭމިރުހާއި، ގާލިކް އަދި ޖިންޖާ ޕައުޑާ އާއި، ތެޅި މިރުސް އެއްކޮށް މިކްސްޗަރުގެ ތައްޓަށް އަޅާލާށެވެ. އަދި އޭގެ ތެރެއަށް ސޯއީ ސޯސް އާއި ފާރޮށި ކުނޑި އަޅާލާފައި މިކްސްޗަރުން ރީއްޗަށް މުގުރާލާށެވެ. ދެން ކުކުޅުކޮޅު ތައްޓަކަށް އެޅުމަށް ފަހު ބަޓަރާ އެއްކޮށްލާށެވެ.

ރީއްޗަށް އެއްވުމުން މަސްކޮޅުތައް 10 ގުޅައަށް ބަހަލާށެވެ. އެތަނުން ކޮންމެ ގުޅައެއް ފަތާކޮށްލުމަށް ފަހު ޗީޒް ސްޓިކް ފޮރުވެންދެން ރީއްޗަށް މަސްކޮޅު އޮޅާލާށެވެ. ދެން އޭގައި ރީއްޗަށް ފުށް ހާކާލާށެވެ. ދެން ބިހަށް ލުމަށްފަހު ކޯން ފްލޭކްސް އަށް ލައި ރީއްޗަށް ކޯންފްލޭކްްސްއިން ރޯލްސް ފޮރުވާލާށެވެ.

އެއަށް ފަހު ތެޔޮ ތާސް އުނދުން މައްޗަށް އުނދުމަށް ފަހު ތެޔޮގަނޑު ހޫނުވުމުން ޗިކެން ޗީޒް ފިންގާސް ކްރަންޗީކޮށް ތެލުލާށެވެ.