Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

މިއަދު ފެނުނީ ނުރައްތެރި އެއްޗެއް ނޫން: އެމްއެންޑީއެފް

ސިފައިން މުލިއާގެ ސަރަހައްދުގައި ހަރަކާތްތެރިވަނީ: ފޮޓޯ. ރާއްޖެއެމްވީ

މުލިއާގެ ކައިރިން މިއަދު ހެނދުނު ހޯދި ގޮވާ އެއްޗަކީ އެއްވެސް ނުރައްކަލެއް ހުރި އެއްޗެއް ނޫން ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.

އަލިކިލެގެފާން މަގުގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގެ ދަށުން "ގޮވާ" އެއްޗެއް ފެނުމާއި ގުޅިގެން ސިފައިން އެ ސަރަހައްދު ބަންދުކޮށް އެސަރަހައްދުން ވަނީ އެ އެއްޗެއް ގެންގޮސްފައެވެ.

އެމްއެންޑީއެފްއިން ބުނީ އެއްވެސް ނުރައްކަލެއް ނެތުމާއި ގުޅިގެން އެއެއްޗެއް މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޯއްޗެއްކަން އެމްއެންޑީއެފް އިން ނުބުނެއެވެ.

މިހާރަކަށް އައިސް ރާއްޖޭގެ ބައެއް ރަށްރަށުން ހަތިޔާރު ފެންނަމުން އަންނަ އިރު މުލިއާގެ ކައިރިން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައިވެސް ވަނީ ގޮވާ ޒާތުގެ އެއްޗެއް ފެނިފައެވެ.