Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އަޅަން ތައްޔާރުވަނީ

ކުޅުދުއްފުށި ސިޓީގައި 400 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތަށް ބޭނުންވާ ތަކެތި އެ ރަށަށް ގެންގޮސްފި އެވެ.

ކުޅުދުއްފުށީގައި ހުއްޓިފައި ހުރި 400 ހައުސިން ޔުނިޓް ހައުސިން މިނިސްޓްރީން ވަނީ މިދިޔަ އޮގަސްޓު މަހު އެޗްޑީސީއާ ހަވާލުކޮށްފަ އެވެ.

އެޗްޑީސީން ބުނީ ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތަށް ބޭނުންވާ ތަކެތި އެ ރަށަށް ގެންގޮސް، މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

މި 400 ހައުސިން ޔުނިޓުގެ މަސައްކަތް 2023 ވަނަ އަހަރުގެ މެއި މަހުގެތެރޭގައި ފެށި ނަމަވެސް މި މަސައްކަތް ވަނީ ވަކި ހިސާބަކުން ހުއްޓިފަ އެވެ.

ކުޅުުދުއްފުށީގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދުމުގެ ޕްލޭންގެ ދަށުން 2،000 ހައުސިން ޔުނިޓް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.