ފާއިތުވި 48 ގަޑިއިރު ތެރޭގައި މާލޭ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި 230،000 އަށްވުރެ ގިނަ ރުފިޔާ ހޯދައި 11 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ، ފާއިތުވި 48 ގަޑިއިރު ތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި ވައްކަމާއި، އަދި އެ ނޫންވެސް ކުށްތަކާއި ގުޅުން ހުރި 231،000ރ. ހޯދައި 11 މީހަކު ހައްޔަރުކޮށްފައިވާ ކަަމަށެވެ.
މާލޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް މެދުނުކެނޑި ޕެޓްރޯލް ކުރުން ކުރިއަށްގެންދާނެ ކަމަށް ޝިފާން ވިދާޅުވި އެވެ.
ރޯދަމަހު ވެސް ވައްކަމުގެ މައްސަލަތައް އިތުރުވެފައިވާއިރު، ފުލުހުން ވަނީ އެ ކަންކަމަށް ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.