Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ބީއެމްއެލްގެ ސްވައިޕް އައްޑޫއަށް ތައާރަފުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނޭޝަނަލް ވޮލެޓް "ސްޕައިޕް" އައްޑޫ ސިޓީއަށް ތައާރަފުކޮށްފިއެވެ.

ސްވައިޕް އައްޑު އަށް ތައާރަފްކުރުމަށް ރޭ އައްޑޫ ހިތަދޫ ސްކޫލްގައި ބޭއްވި އިވެންޓެއްގައި، މި ހިދުމަތް ފައްޓަވާދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ.

"ސްވައިޕް' އަކީ، ދުނިޔޭގެ އެހެނިހެން ވޮލެޓްތަކުގެ ބަދަލުގައި ބޭނުންކުރެވޭނެ ދިވެހި ޑިޖިޓަލް ވޮލެޓެކެވެ. ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ގައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން، އެކައުންޓުން ކުރާ ހަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށް ބަލައިލެވޭނެ އެވެ.

އަދި ދުނިޔޭގެ ކޮންމެ ބޭންކަކުން ދޫކޮށްފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުންކޮށްގެން ވެސް 'ސްވައިޕް' ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އެވެ.

މީގެ އިތުރުން އެކައުންޓްތަކަށް ފައިސާ ފޮނުވައި، އެ އެކައުންޓުން ފަސޭހަކަމާ އެކު ފައިސާ ނެގޭނެ އެވެ.