Last Updated: July 14, 13:49
Wednesday, July 15, 2026
ޚަބަރު

ޑްރަގް ވިޔަފާރިކުރަމުންދިޔަ 56 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ބ. އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ. އޭދަފުށި / ދޭދަރުގެ، ޢަލީ ޝަކީބު (56އ) އެވެ. މި މާރިޗު މަހުގެ 10 ވަނަ ދުވަހުގެ ރޭ އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކަރުދާސްކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.