Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

އަކްޝޭގެ 'ބޫތު ބަނގްލާ' ގެ ޓީޒާ ދައްކާލައިފި

އަންނަ މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ އަކްޝޭ ކުމާރުގެ ހޮރޯ-ކޮމެޑީ 'ބޫތު ބަނގްލާ' ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.

މި ފިލްމަކީ އަކްޝޭގެ ކުރީގެ ވަރަށް ކާމިޔާބު ހޮރޯ-ކޮމެޑީއެެއް ކަމަށްވާ 2007 ގެ 'ބޫލް ބުލައްޔާ' ގެނެސްދިން ޕްރިޔަދަރުޝަން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް އަންނަ މަހުގެ 10 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ 'ބޫތު ބަނގްލާ' އަކީ ވަރަށް ގިނަ ދުވަސްތަކެއް ފަހުން އަކްޝޭ އާއި ޕްރިޔަދަރުޝަން އެކީގައި މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.

އެ ދެ މީހުން އެކީގައި އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2012 ގެ ކޮމެޑީ 'ބާގަމް ބާގް' އެވެ.

"ބޫތު ބަނގްލާ" އަންނަ މަހު ބެލުންތެރިންްނަށް ދޫކޮށްލާ އިރު، ޕްރިޔަދަރުޝަންގެ ތުރިލާއެެއްގެ މަސައްކަތް ވެސް އަކްޝޭ މިދިޔަ އަހަރު އޮތީ ނިންމައިފަ އެވެ. އެއީ ކާސްޓްގައި ސައިފް އަލީ ޚާން ވެސް ހިމެނޭ 'ހައިވާން' އެވެ.

މި އަހަރުގެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ 'ބޫތު ބަނގްލާ' އަކީ މި އަހަރު ރިލީޒްވާ އަކްޝޭގެ ފުރަތަމަ ފިލްމެކެވެ. މީގެ ކާސްޓްގައި ވަމީގާ ގައްބީ، ޕަރޭޝް ރާވަލް، ތައްބޫ، ރާޖްޕަލް ޔާދަވް އަދު މިދިޔަ އަހަރު މަރުވި އެކްޓަރު އާސްރާނީ ވެސް ހިމެނެ އެވެ.