ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުރައްސާރަކުރި މެލޭޝިއާގެ މީހަކު 10 އަހަރަށް ޖަލަށްލާން ހުކުމްކޮށް، 12،700 ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.
ފޭސްބުކްގައި އިސްލާމް ދީނަށް ކުޑައިމީސްކޮށް ފުރައްސާރަކުރި މައްސަލައިގައި މެލޭޝިއާގެ ކޮމިއުނިއުކޭޝަން އެންޑް މަލްޓިމީޑިއާ ކޮމިޝަން (އެމްއެމްސީ) އިން ދައުވާކުރީ ޖޯން މޫލޭ އަނަކް އަލާއީ ކިޔާ 48 އަހަރުގެ މީހެއްގެ މައްޗަށެވެ.
އޭނަގެ ފޭސްބުކް އެކައުންޓް ހިންގާފައި ވަނީ ބަތު ޓުއޯ ސައީގެ ނަމުގަ އެވެ.
މޫލޭގެ މައްޗަށް ދައުވާކުރީ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު އަބްދުﷲ އަހުމަދު ބަދާވީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 14 ގައި އަވަހާރަވުމާ ގުޅިގެން ފޭސްބުކްގައި ކުރި ޕޯސްޓަކަށް ކުރި ކޮމެންޓްތަކެއްގައި ޤުރުއާންގެ އާޔްތަތަކަކަަށް ނިސްބަތްކޮށް، ހުތުރު ބަސްތަކެއް ރައްދުކޮށް، ދީނަށް ފުރައްސާދަކުރުމާ ގުޅިގެންނެވެ.
މި މައްސަލައިގައި އޭނަގެ މައްޗަށް ކުރި ދައުވާ ސާބިތުވެ ހުކުމް ކުރުމާ ގުލިގެން އެ ކޮމިޝަނުން ބުނީ ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއްގައި އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ މައްސަލަތައް ވަރަށް ސީރިއަސްކޮށް ނަގާނެ ކަމަށެވެ.