އައްޑޫ ފޭދޫގެ ސިޓީ ފިއުލް ސަޕްލައި ސީއެފްއެސް) އިން ޤުރުއާން ކްލާސްތަކެއް ބާއްވަން ނިންމައި ބައިވެރިވާން ހުޅުވާލައިފި އެވެ.
މި ކްލާސްތައް ބާއްވަން ނިންމާފައި ވަނީ ފޭދޫގެ މަސްޖިދުލް ކައުސަރުގަ އެވެ. ގްރޭޑް 4 އިން ފެށިގެން މަތީ އުމުރުފުރާގެ ކުދިންނަށް ހާއްސަކޮށްގެން ހިލޭ ހިންގަން ހަމަޖެހިފައިވާ ޤުރްއާން ކްލާސްތައް ނަންގަވައި ދެއްވާނީ މަސްޖިދުލް ކައުސަރުގެ އިމާމު ޝެއިހް އަބްދުﷲ ސިއްދީގެވެ.
ދެ ޖިންސުގެ ކުދިންނަށް ވެސް ހުޅުވާލާފައިވާ މި ކްލާސްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ ދެ ކެޓަގަރީއަކަށެވެ. އެއީ ފިރިހެން ކުދިންނަށް ހާއްސަކޮށްގެން ހިތުދަސް ކުރުމަށާއި ރާގަށް ކިޔެވުމުގެ ބަޔާއި އަންހެން ކުދިންނަށް ހާއްސަކޮށްފައިވާ ރާގަށް ކިޔެވުމެވެ.
މި ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 23 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބައިވެރިވާން އެދޭ ފޯމު ދޫކުރާނީ ސީއެފްއެސްގެ އޮފީހުންނެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު 7943025 އިން ހޯދޭނެ އެވެ.