Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

ޑްރަގާ އެކު މީދޫ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ އައްޑޫ މީދޫ އިން މީހަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައި ވަނީ އެ ރަށު، ރޯސްވިލާ، މުޙައްމަދުދީދީ، 41، އެވެ.

ފުލުހުން ބުނީ އޭނަ ހައްޔަރުކުރީ އަންގާރަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށާއި ހައްޔަރުކޮށް ދިރިއުޅޭ ކޮޓަރި ބަލައިފާސްކު ރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

މި މައްސައާ ގުޅިގެން މުޙައްމަދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.