Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

ޕީއެންސީން މާދަމާ ވެހިކަލް ބުރެއް ބާއްވަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރަމުން އަންނަ ކެމްޕޭން ހަރަކާތްތަކުގެ ދަށުން ޕީއެންސީން މާދަމާ މާލޭގައި ސައިކަލް ބުރެއް ބާއްވަން ނިންމައިފި އެވެ.

އެ ޕާޓީން ބުނީ ހަވީރު 4:00 ގައި އެ ސައިކަލް ބުރު ފަށާނީ މޭރީ ބްރައުން ކުރިމަތިން ކަމަށެވެ. އެހެންވެ ޕާޓީގެ ވީހާ ވެސް ގިނަ ބަޔަކު ސައިކަލް ބުރުގައި ބައިވެރިވާން ދައުވަތު އަރުވާފައިވެ އެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާއި މަޖިލިސް އިންތިހާބު އެކީގައި ބާއްވަން ފެނޭތޯ ނަގާ ވޯޓް އޮންނާނީ އަންނަ މަހުގެ 4 ގަ އެވެ.