Last Updated: June 5, 11:07
Friday, June 5, 2026
ރިޕޯޓް

ރޯދަ ރަހަ: ކްރީމީ ބީޓްރޫޓް ކަރީ

* ބޭނުންވާ ތަކެތި:

1 މޭޒުމަތީ ސަމުސާ ތެޔޮ
2 ފިޔާ (ކުދިކޮށް ކޮށާފައި)
2 މޭޒުމަތީ ސަމުސާ މަސްޓާޑް ސީޑްސް
3 މޭޒުމަތީ ސަމުސާ ހަވާދު ޕޭސްޓް
1 ކިލޯ ބީޓްރޫޓް (ބޮޑެތިކޮށް ކޮށާފައި)
1 ދިގު ފެހިމިރުސް (ދިގުކޮށް މެދުން ފަޅާފައި)
400 ގުރާމް ޓޮމާޓޯ (ކޮށާފައި)
3 މޭޒުމަތީ ސަމުސާ އާމަންޑްސް (ހިމުންކޮށްފައި)
4 މޭޒުމަތީ ސަމުސާ ލޯފެޓް ނެޗްރަލް ޔޯގަޓު

* ތައްޔާރު ކުރާނެ ގޮތް:

މަތިޖެހި ތަވާއެއްގައި ތެޔޮ އަޅާފައި އަށްވަރަކަށް މިނަޓު ވަންދެން މަޑު ގިނީގައި ފިޔާ ރަތްކޮށްލާށެވެ. ދެން މަސްޓަޑް ސީޑްސް އަޅާފައި ޓޯސްޓްވަންދެން މިނަޓެއްހާ އިރަށް ކައްކާށެވެ. އެއަށް ފަހު ހަވާދު ޕޭސްޓް އަޅާފައި ތިން މިނިޓެއްހާ އިރަށް ކައްކާލައި އޭގެތެރެއަށް ބީޓްރޫޓް އަޅާފައި އެއްކޮށްލާނީ އެވެ.

ދެން މިރުހާއި ޓޮމާޓޯ އަޅާފައި ދެ ޖޯޑު ފެން އަޅާލާށެވެ. ތަވާގެ މަތިޖަހާފައި 30 މިނެޓު ވަންދެން މަޑު ގިނީގައި ކައްކާ (އިރުއިރުކޮޅާ މަތި ނަގާފައި ބީޓްރޫޓް މަޑުވަންދެން ހަލުވާލާ) ދެން މަތި ނެގުމަށް ފަހު ސޯސްގަނޑު އޮލަވަންދެން ކައްކާލާށެވެ.
އުނދުން ނިއްވާލުމަށްފަހު އާމަންޑްސް އާއި ޔޯގަޓް ސޯސްގަނޑުގެ ތެރެއަށް އަޅާފައި އެއްކޮށްލީމުމުން ކްރީމީ ބީޓްރޫޓް ރިހަ ތައްޔާރުކޮށްލެވުނީ އެވެ.