Last Updated: June 7, 10:55
Sunday, June 7, 2026
ޚަބަރު

ރިޒާވަށް އިތުރު 100 މިލިއަން ޑޮލަރު ހޯދަނީ

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު - ފޮޓޯ: ރައީސް އޮފީސް

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރިޒާވަށް އިތުރު 100 މިލިއަން ޑޮލަރު ހޯދުމަށް އިންޓަލެޓަރަލް ދެ އެޖެންސީއަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކެބިނެޓުގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރިޒާވަށް އިތުރު 100 މިލިއަން ޑޮލަރު ހޯދުމަށް އިންޓަނޭޝަނަލް މަލްޓިލެޓްރަލް ދެ އެޖެންސީއަކާ އެކު މަޝްވަރާކޮށްގެން އިއްޔެއާ ހަމައަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށެވެ.

"މިހާރު ދިވެހި ސަރުކާރުން ނަގަންޖެހޭ ފައިނަލް ހުއްދަ ނެގުމަށް ޓަކައި މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ވެސް ފޮނުއްވާފައި،" ޒަމީރު ވިދާޅުވި އެވެ.

އެ ލޯންގެ އިންޓަރެސްޓަކީ ކިހާވަރެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

އަންނަ މަހުގެ އަށްވަނަ ދުވަހު ސަރުކާރުން 500 މިލިއަން ޑޮލަރުގެ ސުކޫކެއް ދައްކަން ޖެހޭއިރު، މި މަހުގެ ކުރީކޮޅު ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ ސުކޫކު ދެއްކުމަށްޓަކައި ޖުމްލަ 650 މިލިއަން ޑޮލަރު ރައްކާކޮށްފައިވާ ކަމަށާއި އެ ފައިސާ ދެއްކުމަށް ފަހު ވެސް ސަރުކާރުގައި ބާކީ ފައިސާ ހުންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.