Last Updated: June 7, 10:55
Sunday, June 7, 2026
ޚަބަރު

ދިގުރަށުގައި އަލިފާނުގެ ހާދިސާއެއް، 5 މީހަކު ނިޔާވެއްޖެ

އދ. ދިގުރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ފަސް މީހަކު ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި 8 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާ ލިބުނު މީހުންގެ ތެރެއިން ފަސް މީހަކު ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ބުނީ މި ހާދިސާގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށާއި މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއް ހިމެނޭނެ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ރިޕޯޓުކޮށްފައިވަނީ މިރޭ 2:00 ހާއިރު ކަމަށާއި، ރޯވި އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.