Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

ކަނޑުމައްޗަށް ގެއްލުނު މީހާ ފެނިއްޖެ

ރ. ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅުނިކޮށް ގެއްލުނު މީހާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަން ފެށީ ވާދޫ، ވިންޑްސްޓާ، މުޙައްމަދު އިޤްބާލެވެ.

ފުލުހުންގެ މިއަދު ބުނީ އޭނަ ފެނުނީ ހެނދުނު 06:53 އެހައިކަންހާއިރު، ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓިގެން އަލިފުށި ކައިރީގައި އޮތް ބޮއެއްގައި އުޅަނދު އައްސައިގެން އޮއްވާ ކަމަށެވެ. އަދި އިގްބާލް ފެނުނީ، ހޯދުމުގެ މަސައްކަތަށް ވާދޫން ނުކުތް ބަޔަކަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އޭނާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކުރީ ރޭ 8:48 ހާއިރެވެ. އަދި އިގްބާލް ކަނޑުމައްޗަށް ނިކުތީ އިއްޔެ ރޭ ފަތިހުގެ ވަގުތެެއްގައި ކުޑަ ޑިންގީއެއްގައި އެކަންޏެވެ.