Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

ހުޅުމާލޭގައި ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

ހުޅުމާލެ ފޭސް ދޭއްގައި ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިފި އެވެ.

ފުލުހުންގެ ބުނީ އެ ހާދިސާ ހިނގާފައި ވަނީ ފުލުސް މީހާގެ ރަސްމީ މަސައްކަތުގެ ތެރެއިންނެއް ނޫން ކަމަށެވެ. އަދި މި ހަމަލާގައި އަނިޔާވި ފުލުސް މީހާއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އެކަން ހިނގި ގޮތް ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުލުސް މީހާ އަށް ބަޔަކު ރޭ ހަމަލާ ދިނީ ހިޔާ ޓަވަރު 15 ގެ އެޕާޓްމަންޓެއްގައި ހިލޭ އަންހެނަކާ އެކު އޮއްވައި ފަޅާރައިޮގެންނެވެ. އަދި އެ ފުލުސް މީހާ. އަންހެން މީހާ ކައިރި އަށް ދިޔައީ އޭނަގެ ފިރިމީހާ ޑިއުޓީ އަށް ދިޔަ ގަޑިއާ ދިމާކޮށް ލޯބިވެރިއެެއްގެ ގޮތުގައި ގެންގުޅޭ ފުލުސް މީހާ އަށް ގުޅައި، އެޕާޓްމަންޓަށް ގެންގޮސްގެން އުޅެނިކޮށް ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ބައެއް މީޑިއާތަކުން ބުނި ގޮތުގައި އެކަން ފަޅާއެރީ އަންހެން މީހާގެ ދަރިޔަކު ބައްޕަ އަށް ގުޅައި ގޭގައި ފިރިހެނަކު އުޅޭ ކަމަށް ބުނުމަ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު އެއްވެސް ފުލުސް މީހާ އަށް އަނިޔާކޮށްފައިވެ އެވެ. އެ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އިރު، އޭނަގެ ގައިގައި ގިނަ އަދަދަކަށް ލޭ ހުރި ތަނާއި ފުލުހުންގެ އެހީގައި އޭނަ ނެރެން މަސައްކަތްކުރާ އިރު، މީހުން ޖަމާވެ، ހަމަލާ ދޭ ތަން ވެސް ވީޑިއޯ އިން ފެނެ އެވެ.