Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ޓެކްސީ ލައިންގެ ކާރުތަކުގައި ފެހި ކުލައިގެ ނަންބަރު ބޯޑު

މި މަހު ފަށަން ނިންމާފައިވާ ސަރުކާރުގެ ޓެކްސީ ލައިންގައި ބޭނުން ކުރަން ހަމަޖެހިފައިވާ އިލެކްޓްރިކް ކާރުތަކުގައި ބޭނުން ކުރާނީ ފެހި ކުލައިގެ ނަންބަރު ބޯޑު ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

އޭނަ ސޯޝަލް މީޑިއަ ޕޯސް ޕޯސްޓެއްގައި ވިދާޅުވީ ފެހި ކުލައިގެ ނަންބަރު ބޯޑު ހަރުކުރުމުން އެއީ އިލެކްޓްރިކް ކާރެއްކަން ފަސޭހައިން ދެނެގަނެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ފެހި ކުލައިގެ ނަންބަރު ބޯޑު ތައާރަފު ކުރުމަކީ ރާއްޖެ އަށް މުޅިން އާ ކަމަކަށް ވާނެ އެވެ. މިހާރު އަމިއްލަ ފަރާތްތަކުން ދެމުން އަންނަ ޓެކްސީ ހިދުމަތުގައި ބޭނުންކުރާ ވެހިކަލްތަކުގައި ހުންނަނީ ރީނދޫ ކުލައިގެ ނަންބަރު ބޯޑެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ސަރުކާރުގެ ޓެކްސީ ލައިންގައި ބޭނުން ކުރަން ހަމަޖެއްސުމަކީ އީވީތަކުގައި ފެހިކުލައިގެ ނަންބަރު ބޯޑު ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިޔާދަ ކުރަނިވި ހަކަތައް ދޭ އަހަމިއްޔަތުކަމުގެ ސިޔާސަތުގެ ދަށުން، ނިންމި ނިންމުމެއް ކަމަށެވެ.

އަމީން ވިދާޅުވީ އެ ނިންމުން ނިންމާފައި ވަނީ ގަވާއިދު އިސްލާހު ވެސް ކުރުމަށް ފަހު އެވެ.