Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ޗައިނާގައި ޕީއެޗްޑީ އަށް ކިޔަވަން ސްކޮލަޝިޕްތަކެއް

އިކޮނޮމިކްސް އާއި ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާ އިން ޕީއެޗް ޑީއަށް، ޗައިނާގައި ކޔެވުމުގެ ފުރުޞަތު ހުޅުވލައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޗައިނާގެ ޒެޖިއަން ޔުނިވާސިޓީގެ، އިންސްޓިޓިއުޓް އޮފް ގްލޯބަލް ޑިވެލޮޕްމަންޓުން ދޭ ޕީއެޗްޑީ އިން އެޕްލައިޑް އިކޮނޮމިކްސް އާއި ޕީއެޗްޑީ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ކޯހުގައި ކިޔަވަން ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 12:30 ގެ ކުރިން އެޕްލައި ކުރުމަށް އަންގައިފަ އެވެ.

މި ކޯސްތަކަށް ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. ޕޮއިންޓް އެއްވަރުވާ ނަމަ އިސްކަން ދޭނީ ބެޗްލާސް/މާސްޓާސް ޑިގްރީ ނިންމުމަށް ފަހު ރާއްޖެއަށް ޚިދުމަތްކޮށްފައިވާ މުއްދަތުގެ ދިގުމިނަށް ބަލައިގެންނެވެ.

އަދި ކުރިމަތިލެވޭނީ ދެ ކޯހުންކުރެ ކޮންމެ ވެސް އެއް ކޯހަށެވެ.