Last Updated: June 5, 11:07
Friday, June 5, 2026
ރިޕޯޓް

ރޯދަ ރަހަ: ތައި ގްރީން ޗިކެން ކަރީ

* ބޭނުންވާ ތަކެތި:

ގްރީން ކަރީ ޕޭސްޓަށް:

8-10 ތޮޅި މިރުސް (ކޮށާފައި)
20 ގުރާމު ލެމަން ގްރާސް (ކޮށާފައި)
15 ގުރާމު ފިޔާ (ކޮށާފައި)
10 ގުރާމު ލޮނުމެދު (ކޮށާފައި)
10 ގުރާމު އިނގުރު (ގާނާފައި)
50 ގުރާމު ކޮތަނބިރި މޫ (ކޮށާފައި)
50 ގުރާމު ދިރި
5 ގުރާމު ކޮތަނބިރި އޮށް
10 ގުރާމި ޝްރިމްޕް ޕޭސްޓް

ކަރީ އަށް:

100 ގުރާމު ޗިކަން ބްރެސްޓް (ކަށި ނެތް ކުކުޅު)
10 ގުރާމު ހަކުރު
4 ބަށި (ކޮށާފައި)
5 މިރުސް
15 ގުރާމު ބޭސިލް
10 އެމްއެލް ތެޔޮ
150 އެމްއެލް ކާށި ކިރު

* ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ޕޭސްޓް ހެދުމަށް، ހުރިހާ ބާވަތްތައް މުގުރާށެވެ.

އެއަށް ފަހު، ތެއްޔެއްގެ ތެރޭގައި ތެޔޮފޮދު ހޫނުކުރާށެވެ. އަދި އޭގެ ތެރެއަށް ޕޭސްޓު އަޅާށެވެ. ދެން އޭގެ ތެރެއަށް ކުކުޅުކޮޅު އެޅުމަށް ފަހު ރަނގަޅަށް ކައްކަން ފަށާށެވެ. ދެން ކާށި ކިރު، ހަކުރު، މިރުސް އަދި ލޮނު އެޅުމަށް ފަހު، ކުކުޅުކޮޅު ރޯ ފިލަންދެން ކައްކާށެވެ.

އޭގެ ފަހުން، އޭގެތެރެއަށް ބޭސިލް އަޅާނީ އެވެ.