ތ. ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.
މ މަޝްރޫއުގެ ކޮންޓްރެކްޓަރަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އެވެ. އެ ކުންފުނިން ބުނީ ވޭމަންޑޫން ދަށުން ޖުމްލަ 27 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ.
ބިން ހިއްކުމުގެ މަސައްކަތް އިއްޔެ ރަސްމީ ފެށީ އިރު، މި މަސައްކަތުގައި ބޭނުންކުރަނީ ފިލިއްޕޯ ބްރޫނެލެސްކީ ނަމަކަށް ކިޔާ ޓްރެއިލިން ސަކްކްޝަން ހޮޕަރ ޑްރެޖަރެކެވެ. ޖުމްލަ 11،300 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހިމެނޭ މި ޑްރެޖަރަކީ ބިން ހިއްކުމުގެ ބޮޑެތި މަޝްރޫއުތަކަށް ހާއްސަ، ގާބިލިއްޔަތުކަން ބޮޑު އުޅަނދެކެވެ.