Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

މަރުވެފައި އޮއްވާ ހިތަދޫން ފެނުނީ އޮސްޓްރޭލިއާ މީހެއް

ސ. ހިތަދޫ.

އައްޑޫ ހިތަދޫގައި މަރުވެފައި އޮއްވާ ފެނުނު މީހާއަކީ އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 60 އަހަރުގެ އޮސްޓްރޭލިއާ ރައްޔިތެއް ކަމަށްވާ ޑެނިއަލް ޑީ ޖިއޮވީންކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ޑެނިއަލް ޑީ ޖިއޮވީން އަކީ ވޯކް ވިސާގެ ދަށުން ރާއްޖޭގައި އުޅެމުންދިޔަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

މި މަރުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.