Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

'ކޮކްޓެއިލް 2' ޖޫން 19 ގައި

ބޮލީވުޑްގެ ފިލްމު 'ކޮކްޓެއިލް 2' ގެ ޕޯސްޓަރުތަކެއް ދައްކާލައި، ފިލްމު ރިލީޒްކުރ ތާރީހު އިއުލާންކޮށްފި އެވެ.

ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް ހޯމީ އަދަޖިއާ ޑައިރެކްޓްކޮށްފައިވާމި ފިލްމު ސިނަމާތަކަށް ގެންނަން ނިންމީ ޖޫން 19 ގަ އެވެ.

މި ޓީމަކީ 2012 ގެ ކާމިޔާބު ފިލްމު 'ކޮކްޓެއިލް' ވެސް ގެނެސްދިން ޓީމެވެ. ނަމަވެސް އާ ފިލްމު ހަދާފައި ވަނީ ކުރީގެ ފިލްމުގެ އެއްވެސް ލީޑް ކާސްޓަކާ ނުލަ އެވެ.

'ކޮކްޓެއިލް 2' ގެ ތަރިންނަކީ ކްރިތީ ސެނަން އާއި ޝާހިދު ކަޕޫރްގެ އިތުރުން ރަޝްމިކާ މަންދަނާ އެވެ. 'ކޮކްޓެއިލް' ގެ ތަރިންނަކީ ދީޕިކާ ޕަދްކޯނާއި ސައިފް އަލީ ޚާންގެ އިތުރުން ޑަޔާނާ ޕެންޓީ އެވެ.

'ކޮކްޓެއިލް 2' ގެ ޓީޒާ މި ހަފުތާގެ ތެރޭގައި އާންމު ކުރަން ހަމަޖެހިފައިވެ އެވެ.