Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މީހާ ދޫކޮށްލައިފި

ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލައިފި އެވެ.

އެ މައްސަލައިގައި މިދިޔަ މަހުގެ 13 ގައި ހައްޔަރުކުރީ ބ. ކުޑަރިކިލު އަލީ ނާޖިހު އަހުމަދު ، 29، އެވެ.

މައްސަލައިގައި އޭނަގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ފުރަތަމަ ޖެހީ ފަސް ދުވަހެވެ. އޭގެ ފަހުން، މިދިޔަ މަހުގެ 19 ވަނަ ދުވަހު އަލުން ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ނާޖިހު ބަންދަށް އިތުރު ހަތް ދުވަސް ޖަހައިފަ އެވެ.

ފުލުހުން ރޭ ބުނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު، އޭނަގެ ބަންދާ މެދު ގޮތެއް ނިންމުމަށް ތިން ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުތަކެއް ކުރުމަށްފަހު ކޯޓުން ނާޖިހު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.