Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

އެމްއޭސީއެލުން ޖެޓް ފިއުލްގެ އަގު ބޮޑުކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަތިންދާބޯޓުތަކަށް ވިއްކާ ޖެޓް ފިއުލްގެ އަގު ބޮޑުކޮށްފި އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފްއާ ހަވާލާދީ އޭވިއޭޓާސް މޯލްޑިވްސް އިން ބުނެފައި ވަނީ ޖެޓް ފިއުލް ލީޓަރެއް މިހާރު ވިއްކަނީ 1.69 ޑޮލަރަށް ކަމަށެވެ. ކުރިން ކުރިން ލީޓަރެއް ވިއްކަމުން އައީ 1.19 ޑޮލަރު ކަމަށެވެ.

މިއީ މި ފަހުން ރާއްޖޭގައި ޖެޓް ފިއުލްގެ އަގު އެންމެ ބޮޑުވި ފަހަރެވެ. ކަމަ

ޝަރީފް ވިދާޅުވެފައިވާ ގޮތުގައި ޖެޓް ފިއުލްގެ އަގުބޮޑު ކުރަން މަޖުބޫރުވީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ހެދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ އެވެ.

އެމްއޭސީއެލްއަށް ޖެޓް ފިއުލް ސަޕްލައިކޮށް ދެނީ އެސްޓީއޯއިންނެވެ.