Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

ދަ ގްރޭޓާ އައްޑޫ ފަން ރަން އީދު ދުވަހު

ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރަން ބޭނުން ކުރަމުން އަންނަ ޝިއާރު ކަމަށްވާ ދަ ގްރޭޓާ އައްޑޫއާ ގުޅުވައި ފަން ރަންގެ ނަމުގައި ދުވުމެއް ބާއްވަން ނިންމައިފި އެވެ.

މި ދުވުން އޮންނާނީ ފިތުރު އީދު ދުވަހު މަރަދޫފޭދޫ ބަނދަރު ބަނދަރު ސަރަހައްދުގަ އެވެ. ދުވުން ފަށަން ހަމަޖެހިފައި ވަނީ އީދު ދުވަހުގެ ހަވީރު 3:45 ގަ އެވެ.

އެހެންވެ ޕީއެންސީގެ ވީހާ ވެސް ގިނަ ބަޔަކު ދުވުމުގައި ބައިވެރިވާން އެދިފައިވެ އެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެކީގައި ބާއްވަން ފެނޭތޯ ނަގަން ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓް އޮންނާނީ އަންނަ މަހުގެ 4 ގަ އެވެ.

މި އިންތިހާބުތަކަށް ޕީއެންސީން އަންނަނީ އައްޑޫގައި ވަރަށް ފޯރީގައި ކެމްޕޭން ކުރަމުންނެވެ.