އައްޑޫ ޑިޖިޓަލް ގޭޓް ލޯންޗް ކުރުމުގެ ރަސްމިއްޔާތު މިރޭ ބާއްވަން ތައްޔާރުވެއްޖެ އެވެ.
އެ ރަސްމިއްޔާތު އޮންނާނީ ހިތަދޫ ސިޓީ ސްކެއާގަ އެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ ރަސްމިއްޔާތު ފަށާނީ 9:30 ގައި ކަމަށެވެ.
ޑިޖިޓަލް ގޭޓް ލޯންޗްކުރާ ރަސްމިއްޔާތުގައި ހާއްސަ ދަރުހެއް ވެސް ބާއްވަން ހަމަޖެހިފައިވެ އެވެ. ފަހު ފުރުސަތުގެ ނަމުގައި ދޭން ހަމަޖެހިފައިވާ ދަރުހުގައި ތަގުރީރު ކުރައްވާނީ ޝެއިހް މުހައްމަދު އަނީލް އެވެ.
ކައުންސިލުން މިރޭގެ ރަސްމިއްޔާތުގައި ބައިވެރިވާ މީހުންގެ މެދުގައި ގުރުލައި ހޮވޭ މީހަކަށް އުމްރާ ދަތުރެއްގެ އިތުރުން އިތުރު ހަދިޔާތައް ވެސް ލިބޭނެ އެވެ.
އައްޑޫ ޑިޖިޓަލް ގޭޓް މިރޭ ލޯންޗްކުރާ އިރު، މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ހިތަދޫގައި ކައުންސިލުން ބެހެއްޓީ ޑިޖިޓަލް ރައުންޑަބައުޓް ވެސް ލޯންޗްކޮށްފަ އެވެ.