އަންނަ މަހު ބާއްބާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލާން ދިން މުއްދަތު އިތުރުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ މުއްދަތު އިތުރުކުރީ މާދަމާ ރޭ 12:00 އާ ހަމައަށް ކަމަށެވެ.
ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވް ކުރުމަށް ސިޔާސީ ޕާޓީތަކަށާއި، ޖަމާއަތްތަކަށް ފާސް ދޫކުރާނީ ކޮންމެ ސިޔާސީ ޕާޓީއަކަށާއި ޖަމްޢިއްޔާއަކަށް އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ އަދަދަށްވުރެ 10 ޕަސެންޓް އިތުރުނުވާ ގޮތަށެވެ. އަދި ކަމަށާއި ވޯޓުލާ މަރުކަޒުގައި ކޮންމެ ހައިސިއްޔަތަކުން އެއްފަހަރާ ހަރަކާތްތެރިވެވޭނީ އެއް އޮބްޒާވަރަށް ކަމަށް އީސީން ބުންޏެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު އޮންނާނީ އަންނަ މަހުގެ 4 ގަ އެވެ.