Last Updated: June 4, 23:58
Thursday, June 4, 2026
ޚަބަރު

އުރީދޫގެ އީ-ސިމަށް ހަ މަސް ހިލޭ

އެލް މޮބައިލްއިން އަލަށް ހުޅުވި އެޕަލް މޮނޯ ސްޓޯރާ ގުޅިގެން އެޕަލް ވޮޗް ބޭނުންކުރާ ފަރާތްތަކަށް އީ-ސިމްގެ ހިދުމަތް ހަ މަސް ދުވަހަށް ހިލޭ ލިބޭ ހާއްސަ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސްއިން ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެލް މޮބައިލްގެ އެޕަލް މޮނޯ ސްޓޯރުން އުރީދޫގެ ހިދުމަތްތަކާ ގުޅޭ އެޕަލް ވޮޗް މޮޑެލްތައް ގަންނަ ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި ހަ މަސް ދުވަހުގެ އުރީދޫ އީ-ސިމް ކަނެކްޓިވިޓީ ލިބޭނެ އެވެ. މީގެ ސަބަބުން އައިފޯނު ކައިރީގައި ނެތެސް، އެޕަލް ވޮޗް މެދުވެރިކޮށް ފޯނު ކުރުމާއި، މެސެޖު ފޮނުވުމާއި، މިއުޒިކް އަޑުއެހުމާއި، ނޮޓިފިކޭޝަންތައް ލިބުމުގެ އިތުރުން އެޕްތައް ބޭނުން ކުރެވޭނެ އެވެ.

އުރީދޫން ބުނީ މި ފަސޭހަ ކަނެކްޓިވިޓީގެ ސަބަބުން ކަސްޓަމަރުންގެ ދުވަހީ ދިރިއުޅުމުގެ ކަންކަމާއި، ކަސްރަތު ކުރުމާއި، ދަތުރުފަތުރު ކުރުމާއި، ބޭރުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އިތުރު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.

އެލް މޮބައިލްއިން އަލަށް ހުޅުވި އެޕަލް މޮނޯ ސްޓޯރާ ގުޅިގެން އެޕަލް ވޮޗް ބޭނުންކުރާ ފަރާތްތަކަށް އީ-ސިމްގެ ހިދުމަތް ހަ މަސް ދުވަހަށް ހިލޭ ލިބޭ ހާއްސަ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސްއިން އިއުލާނުކޮށްފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެލް މޮބައިލްގެ އެޕަލް މޮނޯ ސްޓޯރުން އުރީދޫގެ ހިދުމަތްތަކާ ގުޅޭ އެޕަލް ވޮޗް މޮޑެލްތައް ގަންނަ ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި ހަ މަސް ދުވަހުގެ އުރީދޫ އީ-ސިމް ކަނެކްޓިވިޓީ ލިބޭނެ އެވެ.

މި ހިދުމަތުގެ ސަބަބުން އައިފޯނު ކައިރީގައި ނެތް ނަމަވެސް، އެޕަލް ވޮޗް މެދުވެރިކޮށް ފޯނު ކުރުމާއި، މެސެޖު ފޮނުވުމާއި، މިއުޒިކް އަޑުއެހުމާއި، ނޮޓިފިކޭޝަންތައް ލިބުމުގެ އިތުރުން އެޕްތައް ބޭނުންކުރެވޭނެ އެވެ.

މި ފަސޭހަ ކަނެކްޓިވިޓީގެ ސަބަބުން ކަސްޓަމަރުންގެ ދުވަހީ ދިރިއުޅުމުގެ ކަންކަމާއި، ކަސްރަތު ކުރުމާއި، ދަތުރުފަތުރު ކުރުމާއި، ބޭރުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ. އަދި މިއީ ރާއްޖޭގެ ޑިޖިޓަލް އީޖާދުތަކަށް ލިބުނު މުހިންމު ކުރިއެރުމެއްކަން އުރީދޫ އިން ފާހަގަކުރެ އެވެ.

ރާއްޖޭގައި އެޕަލްގެ ވޭރަބަލް ކަނެކްޓިވިޓީ ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ނެޓްވޯކަކީ އުރީދޫ މޯލްޑިވްސް އެވެ. މިއާއެކު ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީގެ ތަޖުރިބާތައް ރާއްޖޭގެ ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.

އުރީދޫ ގްރޫޕުގެ ތެރެއިން އެޕަލް ވޮޗްގެ މި ޒަމާނީ އީ-ސިމް ހިދުމަތް ތައާރަފުކުރި ތިން ގައުމުގެ ތެރޭގައި އުރީދޫ މޯލްޑިވްސް ހިމެނެ އެވެ.

ރާއްޖޭގައި އެޕަލްގެ ވޭރަބަލް ކަނެކްޓިވިޓީ ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ނެޓްވޯކަކީ އުރީދޫ މޯލްޑިވްސް އެވެ.

އުރީދޫ ގްރޫޕުގެ ތެރެއިން އެޕަލް ވޮޗްގެ މި ޒަމާނީ އީ-ސިމް ހިދުމަތް ތައާރަފުކުރި ތިން ގައުމުގެ ތެރޭގައި އުރީދޫ މޯލްޑިވްސް ހިމެނެ އެވެ.