Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

އިސްމާއީލްގެ ކެމްޕޭން ހަރަަކާތްތަކެއް މާލެ ސަރަހައްދުގައި

ފުވައްމުލަކުގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ އިސްމާއީލް ރަފީގުގެ ކެމްޕޭން ހަރަކާތްތަކެއް މާލެ ސަރަހައްދުގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.

އެގޮތުން މާލެ އާއި ހުޅުމާލޭގައި ވަނީ ކޮފީ ވިތު މޭޔާގެ ނަމުގައި ހަރަކާތްތަކެއް ބާއްވަން ނިންމައިފަ އެވެ. މީގެ ފުރަތަމަ އިވެންޓް އޮންނާނީ ހުޅުމާލޭގައި ދިރިއުޅޭ ފުވައްމުލަކުގެ މީހުންނަށް ހާއްސަކޮށްގެން މި ރެ އެވެ. އެއީ 9:30-11:00 އަށް ރިއޯ ގްރޭންޑްގަ އެވެ.

ކޮފީ ވިތު މޭޔާގެ ދެވަނަ އިވެންޓް އޮންނާނީ 16 ވަނަ ދުވަހުގެ ރޭ މާލޭގަ އެވެ. އެއީ ސިޓްރޯންގަ އެވެ. އިވެންޓް ވެސް އޮންނާނީ ރޭގަނޑު 9:30-11:00 އަށެވެ.

މިހާރު ވެސް މޭޔަރު އިސްމާއީލް ރަފީގަކީ އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ބޭފުޅެކެވެ.