Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ލަތާ މަންގޭޝްކަރް ސްކޮލަޝިޕްތަކަށް ހުޅުވާލައިފި

އިންޑިއާގެ ކުރީގެ ރަންއަޑުގެ ވެރިޔާ ލަތާ މަޝްގޭޝްކަރްގެ ނަމުގައި ދެމުން އަންނަ ސްކޮލަޝިޕްގެ ދަށުން ރާއްޖެ އަށް ލިބުނު ފުރުސަތުތަކަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ލަތާ މަންގޭޝްކަރު ސްކޯލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު އިންޑިއަން ކައުންސިލް ފޮ ކަލްޗަރަލް ރިލޭޝަންސް (އައިސީސީއާރް) އިން ދީފައި ވަނީ އަންނަ މަހުގެ 15 އާ ހަމައަށް ކަމަށެވެ.

މި ސްކޮލަރޝިޕް ސްކީމްގެ ދަށުން ދިވެހިންނަށް ފުރުސަތު ހުޅުވައިލީ އާާޓް އެންޑް ކަލްޗަރގެ ދާއިރާއިން 10 ފުރުސަތެވެ. ހަޔަ އެޑިއުކޭޝަނުން ބުނީ، ސްކޮލަޝިޕްތަކަށް ކެންޑިޑޭޓުން ހޮވުމުގެ ކަންކަން ކުރިއަށް ގެންދާނީ ސްކޮލަޝިޕް ދޭ ފަރާތުން ކަމަށެވެ.

ސްކޮލަޝިޕްތަކަށް އެދި ހުށަހެޅުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، އަދި ހޮވިފައިވާ ކޯހަކީ އެތަނުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރަން ޖެހެ އެވެ. މީގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަން ޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެ ކޯހަކީ ކަމާބެހޭ އިދާރާތަކުން ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އަދި އެފަދަ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ވެސް ކަށަވަރު ކުރަން ޖެހެ އެވެ.

އިންޑިއާގައި އުފެދުނު އެންމެ ހުނަރުވެރި އަންހެން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ލަތާ ވަނީ އުމުރުން 92 އަހަރުގައި ފެބްރުއަރީ 6، 2022 ގައި މަރުވެފަ އެވެ.