Last Updated: July 11, 09:32
Saturday, July 11, 2026
ރިޕޯޓް

ރޯދަ ރަހަ: ކޮއްތު ރޮށި

* ބޭނުންވާނެ ތަކެތި:

‎10 ރޮށި (ކޮންމެ ރޮއްޓެއް 4 ފަޅި ކޮށްފައި، ކުދިކޮށް ކޮށާފައި)
‎1/2 ޖޯޑު ކެރެޓު (ކުދިކޮށް ކޮށާފައި)
‎1/2 ކެބެޖު (ކުދިކޮށް ކޮށާފައި)
‎1 ކެޕްސިކަމް (ކުދިކޮށް ކޮށާފައި)
‎1 ފިޔާ (ކޮށާފައި)
‎1 ދަޅު މަސް (ތެޔޮ)
‎4 ކުކުޅު ބިސް
‎2 މޭޒުމަތީ ސަމްސާ ޓޮމާޓޯ ޕޭސްޓް
‎1 ސައިސަމްސާ ހަވާދު (ފުއްލާ ޖެހި ރީނދޫ ދަޅު)
‎1/2 ސައިސަމްސާ އަޖުނަމޮޓޯ (ނުވަތަ 4 ތިކި ފިޝް ސޯސް
‎ހިކިމިރުސް (ކުޅި ކުރަން ބޭނުން ވަރަކަށް ރާޅުކޮށް މުުރާފައި)
‎ކޮރިއަންޑާ ނުވަތަ ހިކަނދިފަތް އަދި ލޮނު

ތައްޔާރު ކުރާނެ ގޮތް:

‎އެންމެ ފުރަތަމަ ފިޔާ މީރުކުރާނީއެވެ. ދެން ފިޔާކޮޅު ރަތްވާން ފެށީމައި ޓޮމާޓޯ ޕޭސްޓް އަޅާނީއެވެ. އެއަށް ފަހު ހިކިމިރުސް އަދި ހަވާދު އެޅުމަށް ފަހު ރަގަނޅަށް އެއްކޮށްލާނީއެވެ. ދެން މަސްދަޅު އަޅައި އެއްކޮށްލާނީ އެވެ. އެެއަށް ފަހު ކެރެޓް، ކެބެޖު އަދި ކެޕްސިކަމް އަޅާނީ އެވެ. އޭގެ ފަހުން އަޖުނަމޮޓޯ ނުވަތަ ފީޝް ސޯސް އަޅައި ރަގަނޅަށް އެއްކުރާނީއެވެ.

ދެން ރޮށި އަޅައި ރަގަނޅަށް އެއްކުރުމަށް ފަހު ބިހާއި ލޮނު އެޅުމަށް ފަހު އުނދުން ނިއްވާލާނީއެވެ. އެއަށް ފަހު ހިކަނދިފަތް ނުވަތަ ކޮރިއަންޑާ އަޅައި ރަގަނޅަށް އެއްކުރުމަށް ފަހު ސާވް ކުރާނީ އެެވެ.