Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

ކުއްޖަކު ލައްވައި ޑްރަގް ވިއްކުވި މީހުންގެ ބަންދު އިތުރުކޮށްފި

ކުޑަކުއްޖަކު މެދުވެރިކޮށް މަސްތުވާތަކެތި އެއްތަނުން އަނެއްތަނަށް އުފުލައި، އެ ކުއްޖާ ކުށްކުރުވުމަށް ބޭނުންކޮށް އެކްސްޕްލޮއިޓް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. ނާޒްލީމަންޒިލް، މާލެ، ޙަސަން ނުޢާޒު، 28، އާއި ވ. ސެޓެލައިޓް، މާލެ، އަޙްމަދު ނަޢީމް، 39، އެވެ.

މި ދެ މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގ ބަންދަށް ވެސް 30 ދުވަސް ޖަހާފައިވެ އެވެ.

ދެ މީހުން އެކްސްޕްލޮއިޓްކޮށްފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ.

މިދިޔަ މަހުގެ ތެރޭގައި ނުއާޒާއި ނައީމު ހައްޔަރުކޮށް އެންމެ ފުރަތަމަ ބަންދަށް ޖެހީ 15 ދުވަހެވެ.