Last Updated: June 5, 11:07
Friday, June 5, 2026
މުނިފޫހިފިލުވުން

'ގޯލްމާލް 5' ރަސްމީކޮށް އިއުލާންކޮށްފި

ޑައިރެކްޓަރު ރޯހިތު ޝެޓީގެ 'ގޯލްމާލް' ފްރެންޗައިޒްގެ ފަސް ވަނަ ބައި ރަސްމީކޮށް އިއުލާންކޮށްފި އެވެ.

މި ފިލްމުގެ ޝޫޓިން ވެސް މިހާރު ކުރިއަށްދާ އިރު، ފިލްމުގެ ޓީމުން އިއްޔެ ވަނީ ޝޫޓިންގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއް ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން މީޑިއާތަކުން ދާދި ފަހުން ރިޕޯޓްކުރި ގޮތަށް 'ގޯލްމާލް 5' ގެ ގެ ކާސްޓްގައި އަކްޝޭ ކުމާރު ހިމެނޭކަން ވެސް ކަށަވަރުކޮށް ދީފައިވެ އެވެ. މީގައި އޭނަ ފެންނާނީ ތަލަ، މަޖާ ވިލަންއެއްގެ ކެރެކްޓާއަކުންނެވެ.

އަކްޝޭ ކުރިން ވެސް ރޯހިތާ ދެ ފިލްމެއްގައ މަސައްކަތްކޮށްފައިވެ އެވެ. އެއީ ކާމިޔާބު ޑައިރެކްޓަރުގެ ކޮޕް ޔުނިވާސްގެ 'ސޫރިއަވަންޝީ' އާއި އަޖޭ ދޭވްގަނާ އެކު ގެނެސްދެމުން އަންނަ ސިންގަމް ފްރެންޗައިޒްގެ ތިން ވަނަ ވައި 'ސިންގަމް އެގެސިން' ގަ އެވެ.

'ގޯލްމާލް 5' ގެ މައިގަނޑު ކާސްޓުންނަކީ އަޖޭ އާއި އަރުޝަދު ވަރްސީ އާއި ތުޝާރް ކަޕޫރާއި ޝްރެޔަސް ތަލްޕަޅޭގެ އިތުރުން މި ފިލްމު ސީރީޒްގެ ބައެއް ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ކުނާލް ކޭމޫ އާއި ޝަރުމަން ޖޯޝީ އެވެ.

ނަމަވެސް އަދިވެސް 'ގޯލްމާލް 5' ގެ ބަތަލާއިން ކަށަވަރެއް ނުވެ އެވެ. ބައެއް މީޑިއާތަކޔް ދާދި ރިޕޯޓްކޮށްފައިވާ ގޮތުގައި ރޯހިތުގެ 2013 ގެ 'ޗެންނައި އެކްސްޕްރެސް' ލަވައެއް ކުޅުނު ދެކުނުގެ ބަތަލާ ޕްރިޔަ މަނީ 'ގޯލްމާލް 5' ގައި ހިމެނެ އެވެ.