އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ޝައިޠާންޔާހޫ މަރުވެއްޖެ ކަމަށް ރިޕޯޓްކުރުމާ ގުޅިގެން އިޒުރޭލުގައި ހަމަނުޖެހުން ބޮޑުވެ، އީރާނާ އެކު ކުރަމުންދާ ހަނގުރާމައިގައި ސިޔާސީ ގޮތުންނާއި އަދި އަސްކަރީ ގޮތުން ވަރަށް ބޮޑެތި ޝައްކުތަކެއް އުފެދިއްޖެކަމަށް މީޑިއާތަކުން ހާމަކޮށްފި އެވެ.
ނިއުޅެމުން، ހާމަވަމުން އަދި ދައުރުވަމުން އަންނަ ރިޕޯޓްތައް ބުނާ ގޮތުގައި، ސަރުކާރުގެ ހަމަޖެހުމާއި، ސާބިތުކަން ދަމަހައްޓައި، އަދި މިހާރު ހިނގަމުންދާ އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށްޓަކައި، އިޒުރޭލުގެ އަސްކަރީ ސީނިއާ ކޮމާންޑަރު އިޔާލް ޒަމީރު، ވަގުތީ ގޮތުން އިސްދާނަކަމާއި ޙަވާލުވާނެ ކަމަށް ވަނީ ބެލެވިފައެވެ.
އިޔާލް ޒަމީރަކީ އިޒުރޭލުގެ ދިފާޢީ މުއައްސަސާގެ ތެރޭގައި ވަރަށް ތަޖުރިބާކާރު އިސް އޮފިސަރެކެވެ. މީގެ ކުރިން އޭނާ ވަނީ އިޒުރޭލުގެ ދިފާޢީ ވުޒާރާގެ ޑިރެކްޓަރު ޖެނެރަލްގެ މަޤާމު އަދާކޮށްފައެވެ. އަދި އިޒުރޭލުގެ ދިފާޢީ ބާރުގެ ދެކުނު ކޮމާންޑްގެ ކޮމާންޑަރުކަން ވެސް އޭނާ ވަނީ ކޮށްފައެވެ. މާޗް 5، 2025 ގައި، އަސްކަރިއްޔާގެ މުހިންމު އިސްތިރާޖީ މަގާމަކަށް އިޔާލް ޒަމީރު އައްޔަން ކުރީ ސީދާ ޝައިޠާންޔާހޫ އެވެ.
އިޒުރޭލުގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންތައްތަކަކީ ސަރަޙައްދީ ހަމަނުޖެހުންތަކުގެ މުހިންމު އައު މަރުހަލާއެއްގެ ފެށުމެވެ. އަދި، އީރާނާ އެކު އުފެދިފައިވާ ހަމަނުޖެހުންތައް ބޮޑުވަމުންދާ ދަނޑިވަޅެއްގައި ދުނިޔޭގެ ސަމާލުކަން މި ވަގުތު ހުއްޓިފައި ވަނީ، އިޒުރޭލުން ދެން ނިންމާނެ އަސްކަރީ އަދި ސިޔާސީ ނިންމުންތަކެއްގެ މައްޗަށެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.