Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

މޯލްޑިވް ގޭހުން ގޭސް ވިއްކުން ލިމިޓްކޮށްފި

ރާއްޖެއަށް ގޭސް އެތެރެކޮށް ވިއްކާ ސަރުކާރު ކުންފުނި މޯލްޑިވް ގޭސްއިން އާންމުކޮށް ގޭސް ވިއްކާ މިންވަރު ލިމިޓްކޮށްފި އެވެ.

މިފަދަ ބަދަލެއް ގެނެސްފައި މި ވަނީ މެދުއިރުމަތީގައި މިހާރު ކުރިއަށްްދާ ހަނގުރާމައާ ހެދި ތެލާއި ގޭސް ލިބުން ދަތިވެފައިވާތީ އެވެ.

މޯލްޑިވް ގޭސްއިން އިން ގޭސް ވިއްކުން ލިމިޓްކޮށް، ކުރިން އާންމުކޮށް ވިއްކަމުން އައި 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި މިހާރު ވިއްކަނީ ފަސް ކިލޯގެ ގޭހެވެ. ދިހަ ކިލޯގެ ފުޅީގައި ފަސް ކިލޯގެ ގޭސް ވިއްކަނީ ފުޅިއެއް 100ރ. އަށެވެ.

ރާއްޖެ އަކީ މިހާރު ކެއްކުމަށް އާންމުކޮށް ގޭސް ބޭނުން ކުރަމުން އަންނަ ގައުމެކެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އަވައްޓެރި އިންޑިއާ އާއި ސްރީ ލަންކާ އަށް ވެސް ގޭހުގެ ދަތިކަން އޮތީ ކުރިމަތިވެފަ އެވެ.