މި އަހަރުގެ ފިޠުރު ޢީދުގައި ވެސް ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޢީދު ސަލާން ކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ޢީދު ސަލާން ކުރެއްވުން ކުރިއަށް ގެންދާނީ ޢީދު ދުވަހުގެ ހެނދުނު 9:00 އިން 11:00 އަށެވެ.
އެހެންވެ އީދު ސަލާމަށް އާންމު ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ ޢިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުން، ޢީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސްގެ ދެކަނބަލުން ދަޢުވަތު އަރުވަ އެވެ.
ޢާއިލާތަކާއެކު ވީހާ ވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ވީހާ ވެސް ގިނަ އަދަދެއްގެ ޒުވާނުން، ޢީދު ސަލާމުގައި ބައިވެރިވުމަށް ވެސް ރައީސް ދެކަނބަލުން ދަޢުވަތު އަރުވައެވެ.
ރައީސް އޮފީހުން ބުނީ ޢީދު ސަލާން ކުރުމަށް ދާ މީހުން މުލީއާގެއަށް ވަންނަން ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިންނެވެ. އަދި މުލީއާގެއަށް ދެވޭނީ ޝަހީދު ޢަބްދުالله ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގުންނެވެ،