އެމްޑީޕީގެ ކުލަ ގެއްލޭ ވަރަށް މިއަދު އެ ޕާޓީ ފަނޑުވެފައިވާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.
އެ ޕާޓީގެ ފަރާތުން ރޭ ބޭއްވި ހޯރަފުށި ދާއިރާ ތަރާވީހުގައި ފަލާހް ވިދާޅުވީ، އެމްޑީޕީ އަކީ ކުރިން ރާއްޖޭގައި އޮތް އެންމެ ބޮޑު އެންމެ ނުފޫޒު ގަދަ ޕާޓީ އަށް ވިޔަސް މިހާތު އެ ޕާޓީގެ ރީނދޫ ކުލަ ގެއްލޭ ވަރަށް ޕާޓީ ފަނޑުވެފައިވާ ކަމަށެވެ.
އޭނަ ފަލާހް ވިދާޅުވީ އެމްޑީޕީ ފަނޑުވެ، ރައްޔިތުންގެ މަޖިލީހުގައިވެސް އެ ޕާޓީގެ މެމްބަރުން ތަމްސީލު ކުރައްވަނީ، ރީނދޫ ކުލައިގެ ބަދަލުގައި ރަތް ކުލަ ކަމަށެވެ.
ފަލާހް ވިދާޅުވީ އެމްޑީޕީ ފާހަގަކުރެވެނީ ރާއްޖެ ތަރައްޤީއަށް ކުރާ އުމްރާނީ މަސައްކަތްތަކާއި އިގްތިސާދީ ކުރިއެރުމަށް ވެސް ހުރަސް އަޅައި، އަދި ރާއްޖޭގެ ސަގާފަތާ ދުރު ވެސް ބައެއްގެ ގޮތުގައި ކަމަށެވެ.
"ދެހާސް ސައުވީސް ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އެބޭފުޅުން ހީކުރީ ރައްޔިތުންގެ މަޖިލީހުގަ ހޮވޭނީ ގިނައިން އެމްޑ.ޕީ މެންބަރުން ކަމަށް. ޕާޓީ ބަދަލުކޮށްފާނެ ކަމަށް ގަބޫލުކޮށްފައި އޭރުގެ 19 ވަނަ މަޖިލީސް ނިމިނިމި އޮއްވާ އެންޓި ޑިފެކްޝަން ގާނޫނު އަނެއްކާ ފާސްކުރި،" ފަލާހު ވިދާޅުވި އެވެ. "ފާސްކޮށްފައި އޮތީ ކިހިނެއްތޯ؟ މޮހަނަށް އޮޑިދޭ
އުސޫލުން. އެއަކުން ނޭނގެ ވާނުވާއެއް ގޮނޑި ގެއްލޭ ކަމެއްވެސް ނޭނގެ ޕާޓީ ބަދަލުކުރީމަ ނުގެއްލޭ ކަމެއް ވެސް ނޭނގޭ."

އޭނަ ވިދާޅުވީ އެމްޑީޕީ އަކީ މިހާރު ބަޔަކު ބަލައިގަންނަ، ރައްޔިތުން އިތުބާރު ވެސް ކުރާ ޕާޓީއެއް ނޫން ކަމަށެވެ. އެހެންވެ ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުން ވެސް އެކަން ސާބިތުކޮށް ދޭނެ ކަމަށް ވިދާޅުވި އެވެ.