"ބެލްގްރޭޑް އެކްސްޕޯ 2027" ގައި ބައިވެރިވާން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ އިއްޔެ ސާބިއާގެ ވެރިރަށް، ބެލްގްރޭޑްގައި ބޭއްވި ދެވަނަ އަހަރީ ޕްލޭނިން ބައްދަލުވުމުގަ އެވެ. އެއްބަސްވުމުގައި ވީއެމްސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ/މެނޭޖިންގް ޑައިރެކްޓަރު އިބްރާހިމް ޝިއުރީ އެވެ.
"ޕްލޭ ފޯ ހިއުމަނިޓީ: ސްޕޯޓް އެންޑް މިއުޒިކް ފޯ އޯލް" މި ޝިއާރުގެ ދަށުން ބާއްވާ ބެލްގްރޭޑް އެކްސްޕޯ އޮންނާނީ އަންނަ އަހަރުގެ މެއި 15 އިން އޮގަސްޓް 15 އަށް ބެލްގްރޭޑްގަ އެވެ. މީގައި 120 އަށްވުރެ ގިނަ ގައުމުން ބައިވެރިވާނެ ކަމަށް ލަފާކޮށްފައިވާ އިރު، އެކްސްޕޯ އަށް ހަތަރު މިލިއަނަ ށްވުރެ ގިނަ މީހުން ޒިޔާރަތް ކުރާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
"ބެލްގްރޭޑް އެކްސްޕޯ 2027" އަކީ ބޯލްކަން ސަރަހައްދާއި ވިލާތުގެ މާކެޓްތަކަށް ރާއްޖެ އިޝްތިހާރު ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
ޝިއުރީ ވިދާޅުވީ، އެކްސްޕޯގެ ތައްޔާރީތައް ކުރިއަށް ދަނީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކަމަށެވެ. އެގޮތުން ކަމާބެހޭ މިނިސްޓްރީތަކާއި އިދާރާތަކާއެކު ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.