Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

ރޯވެގެން މަރުވި 2 މީހެއްގެ ހަށިގަނޑު ފޮނުވާލައިފި

އދ. ދިގުރަށުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބިދޭސީން އުޅޭ އެކަމަޑޭޝަން އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ފަސް މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލައިފި އެވެ.

ހާރު ކާން ކާއެއްޗެހި ތައްޔާރު ކުރަން އުޅުމުގެ ތެރޭގައި ގޭސް ސިލިންޑަރު ގޮވައިގެން ހިނގި އެ ހާދިސާގައި މަރުވި އެންމެންނަކީ ވެސް ބަންގްލަދޭޝްގެ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ރާޖު އުދިން އިސްލާމާއި ސާދަރު އަލީ އާއި ރޮބިން މޮއްލާ އާއި ޝަފީގުލް އިސްމާލް އަދި ނޫރްނަބީ ސަރްކާރް އެވެ.

ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނުން ބުނީ އޭގެ ތެރެއިން ސާދަރު އާއި ޝަފީގުލް އިސްލާމުގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ބަންގްލަދޭޝަށް ގެންދާނެ ކަމަށެވެ.

އެ ހާދިސާގައި ފަސް މީހަކު މަރުވި އިރު، އިތުރު ދެ މީހަކު ފިހިގެން މާލެ ގެންގޮސް އައިޖީއެމްއެޗްގައޮ އަންނަނީ ފަރުބާ ދެމުންނެވެ. އެއީ 40 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެކެވެ. އެ ދެމީހުންނަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގަ އެވެ.

ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ސަފީރު ޑރ. އެމްޑީ ނަޒްމުލް އިސްލާމް ކޮމިޝަންގެ އިސް އޮފިޝަލުންތަކެއް އައިޖީއެމްއެޗަށް ވަޑައިގެން އެ މީހުންގެ ހާލު ބައްލަވާފައިވެ އެވެ.

ފުުލުހުން ބުނެފައިވާ ގޮތުގައި ބިދޭސީން އުޅެމުން އައި ތަނުގައު އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ލިބުނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 1:57 ހާއިރު އެވެ.