Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

މާލެ ވެޓް މާކެޓް މަޝްރޫއު 127 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި

މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާ އިން ބުނީ މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލް ކަމަށާއި ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރުި މުހައްމަދު އަބްދުލް ހާދީ ކަމަށް އެ މިނިސްޓްރީއިން ބުނެ އެވެ.

މީގެ އިތުރުން އެ ކޮންޓްރެކްޓްގެ އަގަކީ 126359594.94ރ. ކަމަށްވާއިރު، ކޮންޓްރެކްޓްގެ މުއްދަތަކީ 600 ދުވަސް ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަމށް ބަލާލާއިރު، 6 ފަންގިފިލާގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް އެޅުން، ބޭސްމަންޓް ގައި ޕާރކިން، ގްރައުންޑް ފްލޯ ގައި ފިޝް މާރުކެޓް، 1 ވަނަ، 2 ވަނަ އަދި 3 ވަނަ ފްލޯ ގައި ވެޖިޓަބަލް މާރުކެޓް، 4 ވަނަ ފްލޯ ގައި ފުޑް ކޯޓެއް ގާއިމުކުރުން ހިމެނެ އެވެ.