Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

މާފުށީ ހޮސްޕިޓަލުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ފަށައިފި

ކ. މާފުށީ ހޮސްޕިޓަލުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ފަށައިފި އެވެ.

މާފުށީގެ ޞިއްޙީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް އިފްތިތާޙު ކޮށްދެއްވީ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޤާސިމެވެ.

ހެލްތު މިނިސްޓްރީން ބުނީ މިފަދަ ޚިދުމަތްތައް ހޯދުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް މިކަމުގެ ސަބަބުން ނިމުމެއް އަންނާނެ ކަމަށެވެ. އަދި މާފުއްޓަކީ ގިނަ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތް ކުރާ ރަށަކަށް ވުމާއެކު، މި ހިދުމަތް ތައާރަފް ކުރުމުގެ ފަސޭހަކަމާއެކު އެ ރަށުން ލިބިގެންދާނެކަން މިނިސްޓްރީން ފާހަގަކުރެ އެވެ.

މާފުށީ ސިއްހީ މަރުކަޒު ސިއްހީ މަރުކަޒަކަށް ބަދަލު ކުރީ 2023 ވަނަ އަހަރުގެ ޖުލައި މަހު އެވެ. ނަމަވެސް އޭރުގެ ސަރުކާރުން ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރީ ހޮސްޕިޓަލަކުން ލިބެން ޖެހޭ ގިނަ ހިދުމަތްތައް ގާއިމް ނުކޮށެވެ.