ބޭނުންވާ ތަކެތި:
½ ތަށި އަންސްވީޓެންޑް އަލްމަންޑް މިލްކް
2 މޭޒުމަތީ ސަމުސާ އިސްބަގޫލު
½ ސައި ސަމުސާ މޭޕަލް ސިރަޕް
⅛ ސައި ސަމުސާ މުގުރި ފޮނިތޮށި
ޓޮޕިންސް އަށް:
ބޭނުން ވައްތަރުތަކެއްގެ މޭވާ (ކުދިކޮށް ކޮށާފައި)
ނަޓްސް (ކުދިކޮށް ކޮށާފައި)
ކޮކަނަޓް ފްލޭކްސް
މޭޕަލް ސިރަޕް
* ތައްޔާރު ކުރާނެ ގޮތް:
މަތިޖެހެ ޖަގައެއް ނޫނީ ފުޅިއެއްގައި އަލްމަންޑް ކިރު، އިސްބަގުލު، މޭޕަލް ސިރަޕް އަދި ސިނަމަން އެއްކޮށްލާށެވެ. ދެން މަތިޖަހާފައި ރަނގަޅަށް ހަލުވާލާށެވެ. އެއަށް ފަހު ގަޑިއިރަކަށް ވުރެ ގިނަ އިރު އެ ފްރިޖްގައި ބަހައްޓައިގެން ފިނިކޮށްލާށެވެ. ދެން ނަގައި އަނެއްކާ ވެސް ރަނގަޅަށް ހަލުވައިލާށެވެ. ދެން އަނެއްކާވެސް 8 ގަޑިއިރު ނުވަތަ އޯވަނައިޓް ފްރިޖުގައި ފިނިކޮށްލާށެވެ.
އޭގެ ފަހުން ސާވްކުރާ އިރު، ތައްޓަކަށް މިކްސް އެޅުމަށް ފަހު އޭގެ މައްޗަށް މޭވާ، ނަޓްސް، ކޮކަނަޓް ފްލޭކްސް އަދި މޭޕަލް ސިރަޕް ފަދަ ޓޮޕިންސް އަޅައިލާނީ އެވެ.