Last Updated: July 15, 11:57
Wednesday, July 15, 2026
ޚަބަރު

އައްޑޫގައި ރޯދަ މަހު ދުވާލު ކެއި ބަޔަކަށް ނަސޭހަތް ދީފި

ހިތަދޫގެ މަގެއް. ފޮޓޯ/ އިބްރާހީމް ފިރާގް

ރޯދަ މަހުގެ ދުވާލު އައްޑޫ ހިތަދޫގައި ކެއި ބަޔަކަށް ފުލުހުން ނަސޭހަތް ދީފި އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ތިން މީހަކު ވެހިކަލެއްގެ ތެރޭގައި ކާން ތިބި މައްސަލައަކާ ގުޅިގެން އިއްޔެ އެ މީހުން ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކުރި ކަމަށެވެ. އަދި އެ މީހުންނަށް ނަސޭހަތްދީ ފޮނުވާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ތިން މީހަކު ކާން ތިބީ ވެމްކޯގެ ވެހިކަލެއްގަ އެވެ. އަދި އެ ވެހިކަލް ދުއްވަން އިނީ އެ ކެޓަގަރީގެ ވެހިކަލް ދުއްވުމުހެ ހުއްދަ ނެތް މީހަކަށްވާތީ ފުލުހުން ވަނީ ވެހިކަލް ޓޯކޮށްފަ އެވެ.

ވެހިކަލެއް ޓޯކުރިކަން ވެމްކޯ އިން ވެސް ކަށަވަރުކޮށް ދީފައިވެ އެވެ.

މި ރޯދަ މަހު ކައިގެން މާލެ އިން އެކި ދުވަސް މަތިން މީހުން ހައްޔަރުކޮށްފައިވެ އެވެ.