އިޒުރޭލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރުވެއްޖެ ކަމަށް މީސް މީޑިއާގައި ރިޕޯޓްކުރަމުން ދަނިކޮށް އޭނާ ދުނިޔޭގައި ހުރިކަން ދެއްކުމަށް ވީޑިއޯއެއް ހާމަކޮށްފި އެވެ.
ކޮފީ ޝޮޕެއްގައި ނަގާފައިވާ މި ވީޑިއޯގައި އޭނާގެ ދެ އަތްތިލަ ދައްކައި އިނގިލިތައް ހަމައަށް ހުރި ވާހަކަ ބުނެއެވެ. އެހެން އެ ބުނީ އީރާނުން ދިން ހަމަލާއެއްގައި އޭނާ މަރާލައިފި ކަމަށް ބުނެފައި ވަނިކޮށް ހާމަކުރި ފުރަތަމަ ވީޑިއޯގައި އޭނާގެ 6 އިނގިލި ބައެއް ފަހަރަށް ދެ އަތުންވެސް ފެނިފައިވާތީ އެވެ. އެކަމާ ގުޅިގެން މީސް މީޑިއާގައި ބުނަމުން ދިޔައީ އެއީ އޭއައި އިން ހަދާފައިވާ ވީޑިއޯއެއް ކަމަށެވެ.
އަނިޔާވެރި ނަތަންޔާހޫ މަރުވެއްޖެ ކަމަށެވެ. ނުވަތަ ވަރަށް ބޮޑަށް ޒަޚަމުވެއްޖެ ކަމަށެވެ.
אומרים שאני מה? צפו >> pic.twitter.com/ijHPkM3ZHZ
— Benjamin Netanyahu – בנימין נתניהו (@netanyahu) March 15, 2026
ފަހުން ހާމަކުރި ވީޑިއޯ ހާމަކުރުމާއެކު އަނެއްކާ ވެސް މީސް މީޑިއާއިން ތުހުމަތުކޮށްފައި މި ވަނީ މިއީ ވެސް އޭއައި ބޭނުން ކޮަށްގެން ހަދާފައިވާ ވީޑިއޯއެއް ކަމަށެވެ. މީސް މީޑިއާގައި ދައުރުވާ ފޮޓޯތަކާއި ވީޑިއޯ ތަކުގައި ބޮޑެތި "ގޯސްތަކެއް" ފަހުގެ ވީޑިއޯއިން ވެސް ދައްކަ އެވެ.
މިގޮތުން ދައްކާ ކަންކަމުގެ ތެރޭގައި:
1. ނަތަންޔާހޫގެ އަސްލު އަތްތިލަ އާއި ވީޑިއޯގެ އަތްތިލަ ތަފާތުކަން
2. ބޮލުގެ އިސްތަށިގަނޑުގައި ހުރި ތަފާތު
3. އަނގަމަތި ތަފާތުކަން
4. ބުމަ ހުރި ގޮތުގެ ތަފާތު
5. ކޮފީ ބުޔަސް ކޮފީ ތަށިން ކޮފީ މަދު ނުވާކަން
ނޯޓް: މިއީ އަބްދުﷲ ސައީދުގެ ލިޔުއްވުމެކެވެ.